މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެން އޮޑިވެރިން ބޭނުންވޭ: މިނިސްޓަރު ފައްޔާޒް

l_2020_04_12_113030_8jxirwmkushge63ctn417lp5voz2q9yfbda_EN_

މަސް ދޯނިތަކުގެ ވެރިންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ އޮޑިވެރިން އެމީހުންގެ އޮޑިފަހަރުގައި ބިދޭސީން ގެންގުޅެން ބޭނުން ވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރާ ހުރިހާ މަސްދޯންޏެއްގައި ހެން  ފަޅުވެރިންގެ ގޮތުގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދާކަމަށެވެ. އެހެންކަމުން މަސްވެރިކަމުގައި ބިދޭސީން ގެންގުޅެން މަސްވެރިން ބޭނުންވާކަން ފާހަގަ ކުރަވޭ ކަމަށް ފައަޔާޒް ވިދާޅުވިއެވެ.

"އަަޅުގަނޑުމެން މާލޭގަ ތިބޭ މީހުން، ނޫނީ ދުރުގަ ތިބޭ މީހުންނަށް، އަޅުގަނޑުމެން މަސްވެރިކަން ނުކުރާ މީހުންނަށް، މި ކަންބޮޑުވުން މިއޮތީ އަޅުގަނޑުމެންގެ ލޭނާރުގަ ބިދޭސީން އުޅޭ އުޅުން." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ހޯދައި ގާނޫނުގެ ތެރެއިން ދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭނެ ފުރުސަތު ސަރުކާރުން މިހާރު ހޯއްދަވައި ދެއްވާފައި ވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ ފަހުން ގެޒެޓުކުރި ގަވާއިދުގެ ދަށުން ވަކި ކަހަލަ މަސައްކަތްތަކެއް ކުރުމަށް ކޮންމެ ދޯންޏަކަށް ވެސް ވަކި އަދަދަކަށް ބިދޭސީންނަށް މިހާރު ހުއްދަ ދެވޭނެ ކަމަށެވެ.

ގިނަ މަސްދޯނި ފަހަރުގައި ބިދޭސީން ގެންގުޅެނީ ކައްކާއިންގެ ގޮތުގައެވެ. ނަމަވެސް ބައެއް ދޯނިފަހަރުގައި ޑައިވަރުންގެ ގޮތުގައިވެސް ބިދޭސީން ހަރަކާތްތެރިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ