އއ. އަތޮޅާއި އުކުޅަހުގެ ތަރައްޤީއާއި ހަމަޖެހުމަށްޓަކައި އެ ރަށުގެ ރައްޔިތުން ގެނައި ބަދަލަކީ މުޅި ޤައުމަށް ހުރި ނަމޫނާއެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އުކުޅަހުގައި ބޭއްވި ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގައި އުކުޅަހުގެ ހުރިހާ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަކީ އެ ރަށުގެ ރައްޔިތުން ޤައުމީ މަޞްލަޙަތަށް އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ވަރުގަދަ ތާއީދެއް އޮތް މި ރަށުން މިފަހަރު ވަނީ ފުރަތަމަ ފަހަރަށް ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕާޓީއަށް ދީފައެވެ.
ރައީސްގެ ވާހަކަފުޅުގައި، އުކުޅަހުގެ ރައްޔިތުން ނިންމި ނިންމުމަކީ ގައުމުގެ ލާބައާއި މަންފާއަށްޓަކައި ނިންމި މުހިންމު ނިންމުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެހެން ރަށްރަށުގެ ރައްޔިތުންވެސް އުކުޅަހުން ދެއްކި މިސާލުގައި ހިފައި، އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާޞިލުވެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުުން، މުޅި އއ. އަތޮޅުން ކޮންގްރެސް ޕާޓީއަށް ލިބެމުންދާ ބޮޑު ތާއީދަށްޓަކައި އެ އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ރައީސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ އަތޮޅުގެ ރައްޔިތުން ތިބީ ތަރައްޤީގެ މަގުގައި ސަރުކާރާއެކު ސާބިތުކަމާއެކު ކަމަށެވެ.