އއ. އުކުޅަހުގައި ފަރުމަސްވެރިކަމަށް ޚާއްޞަ އައިސް ޕްލާންޓެއް ބިނާކުރަނީ

އުކުޅަހުގައި ޤާއިމުކުރާ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: މިނިސްޓްރީ
އުކުޅަހުގައި ޤާއިމުކުރާ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: މިނިސްޓްރީ

އއ. އުކުޅަހުގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން 5 ޓަނުގެ އައިސް ޕްލާންޓެއް ބިނާކުރުމަށް ސަރުކާރުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިއީ ރާއްޖޭގައި ފަރުމަސްވެރިކަމަށް އެކަނި ޚާއްޞަކޮށްގެން ޤާއިމުކުރާ މިފަދަ ފުރަތަމަ އައިސް ޕްލާންޓެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އުކުޅަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ.

އުކުޅަހަކީ ލޯކަލް ޓޫރިޒަމްގެ އިތުރުން ފަރުމަހުގެ މަސްވެރިކަން ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. މި އައިސް ޕްލާންޓްގެ ސަބަބުން އެ ރަށުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ބޭނުންކުރަން ފެށޭނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، ފަރުމަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ