ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހިންގެ ކެރުމާއި ހިތްވަރުގެ ރީތި މިސާލެއް: ފަސްޓް ލޭޑީ

ފަސްޓް ލޭޑީ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ފަސްޓް ލޭޑީ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމު ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދަކީ ދިވެހިންގެ ކެރުމާއި ހިތްވަރުގެ އިތުރުން އެއްބައިވަންތަކަމާއި ވަރުގަދަ އަޒުމުގެ ރީތި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ފަސްޓް ލޭޑީ ވަނީ، ދިވެހި ޤައުމުގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރައްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނުގެ ޤައުމީ މަސައްކަތްޕުޅުން ފެނިގެންދިޔައީ ދިވެހިންގެ ކެރުމާއި، އެއްބައިވަންތަކަމުގެ ވަރުގަދަ ރޫހެވެ.

ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި 15 އަހަރު ވަންދެން ރާއްޖެ އޮތުމަށްފަހު، އެ އަޅުވެތިކަމުން ދިވެހިން ސަލާމަތްވި ދުވަހެވެ. މި މަތިވެރި މިނިވަންކަން ދިވެހިންނަށް ހޯއްދަވައިދެއްވީ މާތް ﷲ ގެ ވާގިފުޅާއެކު އުތީމު މުޙައްމަދު ތަކުރުފާނެވެ. މި ޖިހާދުގައި ބޮޑުތަކުރުފާނާއެކު އަލިތަކުރުފާނާއި، ޙަސަން ތަކުރުފާނާއި، ޢަލީ ޙާޖީ އާއި ޙަސަން ޙާޖީގެ އިތުރުން ޢަލީ ދަންޑަހެލު ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޤައުމީ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވަކިން ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 4 ފެބްރުއަރީ 1946 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ