ހުޅުމާލެ ވިނަރެސް ފްލެޓްތައް ކައިރީ ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ވިނަރެސް ކައިރީ މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: ވޮއިސް
ވިނަރެސް ކައިރީ މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: ވޮއިސް

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ގެ ކުރިމަތީގައެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ބާރު އަޑަކާއެކު ހިނގި މި އެކްސިޑެންޓަށްފަހު ކުއްޖާ އޮތީ މަގުމައްޗަށް ވެއްޓިފައެވެ. އެވަގުތު ކުއްޖާގެ ބޮލުން ގިނަ އަދަދަކަށް ލޭ އޮހިފައި ހުރި އިރު، އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ބެލެވެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ޓްރެފިކް ފުލުހުންނާއި ތަހުގީގު ޓީމުތަކުން އެ ސަރަހައްދު ބަންދުކޮށް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ ބަލަމުންނެވެ.

އަނިޔާވި ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، އެ ކުއްޖާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މި ފަހަކަށް އައިސް ހުޅުމާލެ ފޭސް 2 ގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުން ދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ