ވިނަރެސް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވީ 9 އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް

ވިނަރެސް ކައިރީ މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: ވޮއިސް
ވިނަރެސް ކައިރީ މިރޭ ހިނގި އެކްސިޑެންޓް. ފޮޓޯ: ވޮއިސް

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށާއި، އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހުން ބުނި ގޮތުގައި، އެ ކުއްޖާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އެކްސިޑެންޓަށްފަހު މަގުމައްޗަށް ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި ކަމަށްވެސް މަންޒަރު ދުށް މީހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ގެ ކުރިމަތީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ