މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށްނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: މިނިސްޓްރީ
މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: މިނިސްޓްރީ

މަސްވެރިން ބާނާ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށްނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި މަސް ބޭރުކުރުމަށް ހިނގާ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު އަގު މުރާޖައާ ކުރަމުންދާނެ ކަމަށެވެ. ނަމަވެސް، އެ މުރާޖައާތަކަށް ފަހު ވެސް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށްވިޔަ ނުދީ ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މަހުގެ އަގު 16 ރުފިޔާއަށް ވުރެ ދަށްނުވާނެ ގޮތަށް ހިފަހައްޓަވާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު މި އަގު 20 ރުފިޔާއަށް ބަދަލުކޮށްފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "ޔަގީނުން ވެސް 20 ރުފިޔާއަށް ވުރެ ދަށްނުވާނެ އަގެއްގައި މަސް ގަންނަމުން އެދަނީ،" ޝިޔާމް ވިދާޅުވިއެވެ.

މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާއަށް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މ. ދިއްގަރަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވިދާޅުވެފައިވަނީ، މި ސިޔާސަތު ތަންފީޒުކުރަން ފަށާނީ ކަންކަން ތަރުތީބުކޮށް، މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ. މިހާރު މި އަގު ކަނޑައެޅިގެން ދިޔުމަކީ މަސްވެރިންނަށް ލިބުނު ބޮޑު އުންމީދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ