ރައްޔިތުންނަށް ހިއްސާ ލިބޭ ރިސޯޓުތަކުގެ އަމަލީ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ އާމްދަނީން މިންވަރެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި ގޮތަށް ދިހަ ރިސޯޓެއް ތަރައްގީކޮށް، އޭގެ ހިއްސާ ރައްޔިތުންނަށް ދިނުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓުތަކުން ލިބޭ ފައިދާގެ ބައެއް ހުރިހާ ރައްޔިތުންގެ މެދުގައި ބެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ސީދާ ގޮތެއްގައި ހޯދައިދީ، އިގްތިސާދީ ތަނަވަސްކަން ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ބޭރު ފައިސާއިން ސީދާ އާމްދަނީއެއް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ