ޔޫއޭއީއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތާރިޤު އިބްރާހީމް އެ ޤައުމުގެ މިނިސްޓަރާ ބައްދަލުކުރެއްވުން
ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތާރިޤު އިބްރާހީމް އެ ޤައުމުގެ މިނިސްޓަރާ ބައްދަލުކުރެއްވުން

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތާރިޤު އިބްރާހީމް، އެ ޤައުމުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް ޢަބްދުﷲ ބިން ތޫޤް އަލް މައްރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި ހުރި އިޤްތިޞާދީ މަސްލަހަތުތައް ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާއި، ގުޅުން ބަދަހިކުރެވޭނެ އައު ދާއިރާތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ޔޫއޭއީން ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ފުޅާވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ