މަސްވެރިކަމާއި ގުޅޭ

WhatsApp Image 2020-10-15 at 17.45.35 (1)

ގއ. ދާންދޫ "ހާސް ރޯދި"

ގއ. ދާންދޫ "ހާސް ރޯދި" ދޯންޏަކީ ދޮށީގެ މަސްވެރިކަން ކުރާ ހުވަދު އަތޮޅަށް މަޝްހޫރު ދޯންޏެކެވެ.

މި ދޯންޏަކީ 2000 ވަނަ އަހަރުން ފެށިގެން ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ ދޯންޏެކެވެ. ދޯނީގެ ދިގުމިނަކީ 75 ފޫޓެވެ. ފުޅާ މިނަކީ 18 ފޫޓެވެ. މީގެ 20 އަހަރު ކުރިން މަސްވެރިކަމަށް ނިކުތް މި ދޯނި މިހާރު ވަނީ ޒަމާނާ އެއްގޮތަށް ތަރައްޤީ ކޮށްފައެވެ. މިގޮތުން ދޯނި ފަށައިގެން ފައިބަރު ޖަހާ، ދޯނީގެ އިންޖީނު ވަނީ ބޮޑު ކޮށްފައެވެ. މިހާރު މި ދޯނީގެ އިންޖީނަކީ 500 ހޯސްޕަވަރުގެ އިންޖީނެކެވެ. ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 11 މޭލު ބާރުމިނުގައެވެ. މި ދޯނި އެއް ދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 19 ޓަނުގެ މަހެވެ.

މި ދޯނީގެ މަސްވެރިންގެ އަދަދަކީ 21 އެވެ. ކެޔޮޅަކީ ގއ.ދާންދޫ ގްރީން ވިލާ ޝިންހާޒް އަބްދުﷲ އެވެ.

ދޯނީގެ ވެރިފަރާތަކީ ގއ.ދާންދޫ ބްރަޒިލް އަޙުސަން ލަތީފެވެ.

ގުޅުންހުރި ލިޔުންތައް