ބްރިޖު ސަރަހައްދުން އޮޔާދިޔަ ދެ ބޯޓެއްގައި ތިބި މީހުން ސަލާމަތްކޮށްފި

އޮޔާދިޔަ ބޯޓުތަކުގެ ތެރެއިން އެއް ބޯޓު ފޮޓޯ: ސޯޝަލް މީޑިއާ
އޮޔާދިޔަ ބޯޓުތަކުގެ ތެރެއިން އެއް ބޯޓު ފޮޓޯ: ސޯޝަލް މީޑިއާ

ސިނަމާލެ ބްރިޖު ސަރަހައްދުން އޮޔާދިޔަ ދެ ބޯޓެއްގައި ތިބި މީހުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، އޮޔާދިޔަ މި ދެ ބޯޓަކީވެސް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދެވެ. ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށްފަހު، އެ މީހުން ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ދެ ބޯޓަކީވެސް މުދާ އުފުލުމަށް ބޭނުންކުރާ ދެ ބޯޓެވެ.

މި ހާދިސާގައި ދެ ބޯޓަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ވީޑިއޯތަކުން ހާމަވެއެވެ. ނަމަވެސް، ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވައިގަދަ ދުވަސްވަރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ