ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި

ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަންކުރެއްވި ދެ ބޭފުޅުން
ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަންކުރެއްވި ދެ ބޭފުޅުން

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. މި ބަދަލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި ބަދަލެކެވެ.

ޕީސީބީން ހާމަކުރައްވާފައިވާ ގޮތުގައި ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަންކުރައްވާފައިވަނީ ގއ. ވިލިނގިލި، ވިޜަން، އަލްފާޟިލް ބުޝްރީ މުޙައްމަދުގެ އިތުރުން ގއ. ނިލަންދޫ، ވައިލެޓްވިލާ، އަލްފާޟިލް ނާޞިޙް އިބްރާހިމް އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ޕީސީބީއަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ކުންފުނިތަކުން ރަނގަޅު ނަތީޖާ ނެރެދެވޭނެ ފަދަ ގޮތަކަށް ބޯޑުތައް އެކުލަވާލަމުންނެވެ.

މި އައު އައްޔަންކުރެއްވުންތަކާއެކު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ބާރަކަށް ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ