މަސްވެރިކަމާއި ގުޅޭ

IMG_2720

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުމަށް އެއްވެސް ހުރަހެއް ނެތް: ފޮރިން މިނިސްޓަރު ޝާހިދު

ދިވެހިރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް، ސްރީލަންކާއަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، އެހެން ޤައުމުތަކުން އުފައްދާ މަހުގެ ބާވަތްތައް ލަންކާއަށް އެތެރެ ނުކުރުމަށް ލަންކާ ޝަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މިކަން ހާމަކޮށް މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ ކުރެއްވި މަޝްވަރާތަކުގައި، ރާއްޖޭގެ މަސް، އެ ގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރެއްވި އެވެ.

ސްރީލަންކާގެ ވިޔަފާރި އާއި އިޤްތިޞާދު ހިމާޔަތް ކުރުމަށް އެ ގައުމުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެހެން ގައުމުތަކުން ލަންކާއަށް މަސް އެތެރެކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވާތީ، ލައްކާ ސަރުކާރުގެ މި ނިންމުމާ ގުޅިގެން ރާއްޖޭގައި ހިކިމަހާއި ލޮނުމަސް އުފައްދާ ފަރާތްތަކުން ދިޔައީ ކަންބޮޑުން ފާޅުކުރަމުން ނެވެ.

ރާއްޖޭގައި އުފައްދާ ހިކިމާއި، ލޮނުމަސް ޒަމާނުއްސުރެ އެކްސްޕޯޓް ކުރަނީ ސްރީލަންކާއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!