ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރަކު އައްޔަނުކޮށްފިއެވެ.
ޕްރައިވެަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސްޓެލްކޯގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ދ. މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އެވެ. އޭނާ އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ 20 ސެޕްޓެމްބަރު 2026 އިން ފެށިގެން ކަމަށް އެ ބޯޑުން ބުނެފައިވެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެނައުމާއި އާ މެންބަރުން އައްޔަނުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަނީ ޕީސީބީންނެވެ. ސްޓެލްކޯއަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރުކާރުގެ މައިގަނޑު އެއް ކުންފުންޏެވެ.