ޑރ. މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ޑރ. މުހައްމަދު އަލީގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވުން
ޑރ. މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ދިވެހި ދައުލަތަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޑރ. މުހައްމަދު އަލީ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މަރުހޫމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި، ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ރައީސްގެ މެސެޖުގައި ޑރ. މުހައްމަދު އަލީ ސިފަކުރައްވާފައިވަނީ އިޖުތިމާއީ އެކި ކަންކަމުގައާއި، ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާތަކުން މުޖުތަމައަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެއްވި އިލްމީ ދިރާސާވެރިއެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނަކީ ހުލްގުހެޔޮ، ދީންވެރި އަދި އެންމެންގެ އިހުތިރާމް ހޯއްދެވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަރުހޫމްގެ އާއިލާއަށާއި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވައި، މަރުހޫމް ޑރ. މުހައްމަދު އަލީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ