ބްރިޖުން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލެ ބްރިޖު ސަރަހައްދު
ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކުރުމުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ބްރިޖުން މީހަކު ފުންމާލި ކަމުގެ މައުލޫމާތު ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 00:44 ހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އޭނާ ސަލާމަތްކޮށް، ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނެގުމަށްފަހު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ