ދެ ގައުމު ދުރުގައި އޮތް ނަމަވެސް ރާއްޖެއާއި ޗައިނާގެ ގުޅުން ވަރަށް ގާތް: ރައީސް

ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޙަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޙަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ޖިއޮގްރަފީގެ ގޮތުން ދެ ޤައުމު ކިތަންމެ ދުރުގައި އޮތް ނަމަވެސް، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ވަރަށް ގާތް އަދި ބަދަހި ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޗައިނާއާއެކު އޮތް ގުޅުމަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި އަދި މުހިންމު ގުޅުމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި މި ގުޅުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ މައްޗަށް ކަމަށާއި، ދިވެހި ރައްޔިތުން މި ގުޅުން ބަލައިގަންނަނީ ވަރަށް ބޮޑު އިޙްތިރާމަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކަކުން ފެންނަން އޮތް ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް އޭގެ ފައިދާ ލޮލަށް ފެނި، ތަޖުރިބާކުރެވެމުންދާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ހާމަވަނީ ހަމައެކަނި ސޮއިކުރެވޭ އެއްބަސްވުންތަކުން ނޫން ކަމަށާއި، އެ އެއްބަސްވުންތަކުގެ ޒަރީޢާއިން ހާސިލުކުރެވޭ ކަންކަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ