ސަރުކާރުގެ ތިން ވަޒީރަކާއެކު "އަހާ" ފޯރަމް މިރޭ ބާއްވަނީ

big_4uw9RQWG7CfCQca7CU39ZVkEz

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށާއި، އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ "އަހާ" ފޯރަމްގެ އައު އެޕިސޯޑެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 21:00 ގައެވެ. ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގައި މިފަހަރުވެސް ތިން ވުޒާރާއެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

  • ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
  • ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

މި ފޯރަމްގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް ކުރިއަށްދާ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށް ވެސް ވަޒީރުންނާ ސުވާލު ކުރެވޭނެ ކަމަށް ޕީއެސްއެމްއިން މަޢުލޫމާތުދެއެވެ.

"އަހާ" ފޯރަމަކީ ސަރުކާރުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ގެނެސްދިނުމަށް 2024 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ