ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރީގެ ވެރިންނާ ޚިލާފަށް، ރައީސް މުޢިއްޒުގެ ނުރަސްމީ ދަތުރުފުޅުތަކުގެ އިދާރީ ކަންކަމާއި އާއިލީ ކަންކަން ހިމެނޭ ގޮތަށް ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ އެމަނިކުފާނު އަމިއްލަފުޅަށެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަށް ކުރިއަށްގެންދާ ދަތުރުފުޅުތަކެކެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތައް ނިމުމުން، އެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގި ޚަރަދުތަކުގެ ތަފްސީލު ރައީސް އޮފީހުން އަންނަނީ އާންމުކޮށް ހާމަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ