ގާނޫނާ ހިލާފަށް އުފައްދަނިކޮށް އަތުލައިގަތް 4،000 އަށް ވުރެ ގިނަ ކާޓޫން ސިނގިރޭޓް ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓާއި ދުންފަތް ނައްތާލުމުގެ ތެރެއިން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓާއި ދުންފަތް ނައްތާލުމުގެ ތެރެއިން ފޮޓޯ: ފުލުހުންގެ އިދާރާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް އިއްޔެ ނައްތާލައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކ. ދޫނިދޫގައެވެ.

ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 4،285 ކާޓޫން ސިނގިރޭޓާއި، 232 ފޮށި ސިނގިރޭޓުގެ އިތުރުން 93.60 ކިލޯގްރާމްގެ ދުންފަތެވެ. މި ތަކެއްޗަކީ މާލޭގެ ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއްގައި ހިންގަމުންދިޔަ އޮފީހެއްގައި، ގާނޫނާ ހިލާފަށް މެޝިން ބަހައްޓައިގެން ސިނގިރޭޓް އުފައްދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެއްޗެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ 30 ޖަނަވަރީ 2025 ގައެވެ. ފުލުހުން ބުނި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ