ލޭ ހަދިޔާކުރާ މީހުން ތިބި ތަނަށް ގޮސް ލޭ ނެގޭނެ މޮބައިލް ޚިދުމަތެއް ފަށަނީ

މިފްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން:/ ފޮޓޯ: މިފްކޯ
މިފްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން:/ ފޮޓޯ: މިފްކޯ

ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުގެ ގޮތުން، ލޭ ހަދިޔާކުރަން ބޭނުންވާ މީހުން ތިބި ތަނަކަށް ގޮސް ލޭ ނެގޭނެ މޮބައިލް ޚިދުމަތެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ލޭ ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ލޭ ދޭނެ މީހުން ހޯދުމުގެ ދަތިކަމުގެ އިތުރުން، ލޭ ދޭން ބޭނުންވާ ބައެއް މީހުންގެ ޝަރުތު ހަމަނުވުމާއި، ވަގުތު ނެތުމުގެ ސަބަބުން ސެންޓަރުތަކަށް ދިއުމަށް ހުންނަ ހުރަސްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަލަށް ތައާރަފުކުރާ މޮބައިލް ޚިދުމަތުގެ ސަބަބުން ލޭ ހަދިޔާކުރާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ޚިދުމަތުގެ ދަށުން ލޭ ހަދިޔާކުރާ މީހާ ހުރި ތަނަކަށް ގޮސް ލޭ ނެގުމަށްފަހު، ރައްކާތެރިކަމާއެކު ފެސިލިޓީތަކަށް ގެންގޮސް ރައްކާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ލޭ ރައްކާކުރެވޭނެ ހަތަރު ސްޓޯރޭޖް ފެސިލިޓީ ނުވަތަ ބްލަޑް ބޭންކް މިހާރު ގާއިމުކޮށްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ 600 އަށްވުރެ ގިނަ ކުދިން ތިބިއިރު، މީގެ ތެރެއިން ގިނަ ކުދިން ދިރިއުޅެނީ މާލޭގައެވެ. މި ކުދިންނަށް ގަވާއިދުން ލޭ ބޭނުންވާއިރު، އެކިއެކި ސާޖަރީތަކާއި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ގިނަ އަދަދަކަށް ލޭ ބޭނުންވެއެވެ. މި ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގައި ލޭގެ ޑީއެންއޭ ހެދޭނެ ލެބޯޓްރީއެއްވެސް ވަނީ ގާއިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ