ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ރާއްޖޭގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި

ހިރުގެ ދުވަހާއި ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރއިން. ފޮޓޯ: ޕީއެސްއެމް
ހިރުގެ ދުވަހާއި ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރއިން. ފޮޓޯ: ޕީއެސްއެމް

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގެ ތެރެއިން، ބައިވެރިން އެއްވެ ހިތުގެ ބައްޓަމަށް އެތުރިގެން ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

މި އަހަރުގެ ހިތުގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ޑޯންޓް މިސް އަ ބީޓް" އެވެ. ހުޅުމާލޭގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީއެވެ. މި ހަރަކާތުގެ ތެރެއިން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ސްޓޯލްތަކެއް ގާއިމުކޮށްފައިވެއެވެ.

މި ސްޓޯލްތަކުގައި ހިތުގެ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމާއި، ހަކުރާއި ބްލަޑް ޕްރެޝަރު ހިލޭ ޗެކްކޮށްދިނުމުގެ ހިދުމަތް ދީފައިވެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ޒުމްބާ ސެޝަންތައް ކުރިއަށްދިޔައިރު، ބައިވެރިން ވަނީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ވާ އަހުދުތައް ހިއްސާކުރުމަށް ހާއްސަ ޕްލެޖް ބޯޑެއްގައި ސޮއިކޮށްފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސިއްހީ ދާއިރާގެ ގިނަ މުއައްސަސާތަކާއި ޖަމިއްޔާތަކެއް ގުޅިގެންނެވެ. އޭގެ ތެރޭގައި ސިއްހަތާބެހޭ ވުޒާރާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)، އެޗްޑީސީ، ހުޅުމާލެ ހޮސްޕިޓަލް އަދި ނޭޝަނަލް ސެންޓަރ ފޯ ކާޑިއޯވެސްކިއުލާ ޑިޒީޒަސް ހިމެނެއެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 29 ގައި ހިތުގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ