ވީއައިއޭއިން ފުރަން އުޅުނު ދިވެއްސެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ

ވެލާނާ އިންޓަނޭޘަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭރު -- ފޮޓޯ/ ފަޔާޒް މޫސާ
ވެލާނާ އިންޓަނޭޘަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭރު -- ފޮޓޯ/ ފަޔާޒް މޫސާ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުރަން ދިޔަ މީހެއްގެ އަތުގައި ވަޒަނެއް އޮތް ކަމަށް ރިޕޯޓު ކުރުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ މީހާގެ އަތުން ފެނިފައިވަނީ ބޭނުންކޮށްފައިވާ ވަޒަނެއްގެ ހުސް ދޯރިއެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ