ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާޠިމަތު ސައުސަން ނިޔާވެއްޖެ

Simple-OG (12)

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އެނާ ނިޔާވެފައިވަނީ ބޭސް ފަރުވާ ހޯއްދެވުމަށްޓަކައި އިންޑިއާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ. ފާޠިމަތު ސައުސަންއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަންސް ޑިވިޜަންގެ މެންބަރެކެވެ.

އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސައުސަންއަކީ ގާނޫނީ ވަކީލެއްގެ ގޮތުންނާއި ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ