ނ. މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ރަސްމީކޮށް ހުޅުވައިފި

މަނަދޫގައި ގާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަނަދޫގައި ގާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނ. މަނަދޫގައި ގާއިމުކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މިއީ މަސްވެރިންނަށް ހެޔޮ އަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހުޅުވި ތަނެކެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން މަނަދޫގައި ތަރައްގީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ސްޓޭޝަން ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. މި ރަސްމިއްޔާތުގައި ރަށު ކައުންސިލްގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.

މަނަދޫގައި މި ހިދުމަތް ފެށުމާއެކު، މާލެއާ އެއް އަގެއްގައި އެ ރަށުން މަސްވެރިންނަށް ޑީސަލް ލިބޭނެ މަގު ވަނީ ފަހިވެފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށާއި، އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އެފްއެސްއެމްއިން ހާމަކުރި ގޮތުގައި، މި ސްޓޭޝަންގެ ސަބަބުން މަނަދޫގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ތެޔޮ ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ