މަސްވެރިކަމާއި ގުޅޭ

ޗައިނާގެ މަސްބޯޓް ތަކެއް/ ފޮޓޯ: ސަައުތު ޗައިނާ މޯނިންގ ޕޯސްޓް
ޗައިނާގެ މަސްބޯޓް ތަކެއް/ ފޮޓޯ: ސަައުތު ޗައިނާ މޯނިންގ ޕޯސްޓް

ޗައިނާގެ މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލެއް!

ޗައިނާގެ މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށް އެޤައުމުން ބުނެފިއެވެ.

ގުއަންގްޒޫގައި ބޭއްވި ޗައިނާ އިންޓަރނޭޝަނަލް ފިޝަރީ ކޯޕަރޭޝަން ސަމިޓްގައި ވާހަކަ ދައްކަމުން ޗައިނާގެ ބޭރު ކަޑުތަކުން ކުރެވޭ މަސްވެރިކަމާއި ބެހޭ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ހުއާންގ ބާއޯ ޝާން ވިދާޅުވީ، ޗައިނާގެ މަސްވެރިކަމަށް ބޭނުންކުރާ ބޯޓުފަހަރު ޒަމާނާ އެއްގޮތަށް ބަދަލުކޮށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިންވަރަށް ބަދަލުކޮށްފައިވާނެކަމަށެވެ.
ޗައިނާ ބޭރު ކަނޑުގެ ސަރަޚައްދުން މަސްވެރިކަން ކުރުމަށް ބޭނުންކުރާ ބޯޓުތަކަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަ މަސްވެރިކަން ކުރަން ގެންގުޅޭ އެންމެ ބޮޑެތި ބޯޓުފަހަރު ކަމަށާއި މި ބޯޓުތަކުގެ ކުރާ މަސްވެރިކަން ރަގަޅުވުމަކީ ޗައިނާ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ދޭ ސަބްސިޑީގެ ސަބަބުން ލިބެމުން އަންނަ ފައިދާކަންވެސް އޭނާ ފާހަގަކުރިއެވެ. 

ޗައިނާގެ ސަރުކާރު ހިންގާ ޕާޓީން ސްޕޮންސަރކޮށްފައިވާ ޤާނޫންތައް ދިރާސާކުރަން އުފައްދާފައިވާ ޖަމިއްޔާއިން ބުނާ ގޮތުގައި ޗައިނާގެ ބޭރު ކަނޑުތަކުން ކުރެވޭ މަސްވެރިކަމަކީ އެމީހުން ފަޚުރުވެރިވާކަމެއް ކަމަށެވެ.

ޗައިނާގެ ބޭރު ކަނޑުތަކުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށާއި މަސް ރައްކާ ކުރެވޭ މިންގަނޑުތަކާއި ބެހޭގޮތުން އަންނަ ނޮވެމްބަރުމަހު ޖެނީވާގައި މަޝްވަރާތަކެއްކުރުމަށް ހަމަޖެހިފައިވާކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނުން ވަނީ ނިންމާފައެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!