ސަރުކާރުގެ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުން މިރޭ

big_4BIcYaF8wmUOITnQmb2bmnadL

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.

ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްދާ މިރޭގެ ފޯރަމްގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދާއި، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުރުން ބަންޑާރަނައިބު އަލްއުސްތާޒް އަހުމަދު އުޝާމެވެ. މި ބައްދަލުވުމުގައި ވަޒީރުންގެ ދާއިރާތަކުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވާނެއެވެ.

ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މި ފޯރަމްގައި ބައިވެރިވެ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެ ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ސުވާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށި މި ސިލްސިލާގެ އެންމެ ފަހު ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ. އެރޭގެ ފޯރަމްގައި މަސްވެރިކަމާ ބެހޭ ވަޒީރާއި، ދާހިލީ ސަލާމަތާ ބެހޭ ވަޒީރުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ