ޗައިނާގެ މަސްބޯޓުތަކެއް ކަރާޗީ ކަނޑުގެ ސަރަހައްދުގައި/: ފޮޓޯ: އަރަބި ނިއުސް
ޗައިނާގެ މަސްބޯޓުތަކެއް ކަރާޗީ ކަނޑުގެ ސަރަހައްދުގައި/: ފޮޓޯ: އަރަބި ނިއުސް

ކަރާޗީ ކަނޑުގެ ސަރަޙައްދުގައި ޗައިނާގެ މަސްބޯޓްތަކެއް

ޗައިނާގެ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުތަކެއް މިދިޔަ މަހު ކަރާޗީގެ ޕޯރޓްތަކަށް ވަދެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިކަމުގެ ސަބަބުން ސިންދު އަދި ބަލުޗިސްތާން ޕްރޮވިންސްގެ ކަނޑުގެ ސަރަޚައްދުތަކުގައި ޚަރަކާތްތެރިވާ މަސްވެރިންނަށާއި މަސްބޯޓުފަހަރަށް މަސްވެރިކަން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް ބުނެ އެސަރަހައްދުގެ މަސްވެރިން ގެންދަނީ އަޑު އުފުލަމުންނެވެ.

ސިންދު އަދި ބަލުޗިސްތާން ޕްރޮވިންސްއަށް ނިސްބަތްވާ ކަނޑުގެ ސަރަޚައްދަކީ 1050 ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި މިއީ ގާތްގަނޑަކަށް 3 މިލިއަން މީހުންގެ ދިރިއުޅުމަށް ކުރާ މަސައްކަތްކަމަށް ޕާކިސްތާން ފިޝަރފޯލްކް ފޯރަމްގައި ހިމެނޭ މެމްބަރު މުހައްމަދު އަލީ ޝާހްވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ސަރުކާރުން އައު ޤަވައިދުތަކެއް ހެދުމަށް ނިންމަވަފައިވާކަންވެސް އެނާ ހާމަކޮށްފައިވެއެވެ.
އަރަބި ނިއުސްއަށް މަޢުލޫމާތުދެއްވައްވަމުން ޝާހް ވިދާޅުވީ ސަރުކާރުން މިކަމަށް ޤައވައިދުތަކެއް ހަދާ އެކަން އިޢުލާން ނުކުރަނިސް ޗައިނާގެ މަސްބޯޓުތައް ޕާކިސްތާންގެ ކަނޑުގެ ސަރަޚައްދައްގައި ހަރަކާތްތެރިވަމުން އަންނަނީ ޤަވައިދާ ޚިލާފުކަމެއް ކަމަށެވެ.

2018 ވަނަ އަހަރު ޕާކިސްތާން ސަރުކާރުން ވަނީ ދާ އަޅައިގެން މަސްވެރިކަން ކުރުމަށް މަސްވެރިންނަށާއި އަދި ޕްރޮވިންސްތަކަށް މަސްވެރިކަމާއި ބެހޭ އައު ޤަވައިދުތަކެއް އެކުލަވާލާފައެވެ. ނަމަވެސް އެފަރާތްތަކުން ބުނަމުން އަންނަނީ މިއީ އެދެވޭ ފަދަ ޤަވައިދުތަކެއް ނޫން ކަމަށެވެ.
ނަމަވެސް އެހެން ޤައުމުތަކުން ޕާކިސްތާންގެ ކަނޑުގެ ސަރަޚައްދުން މަސްވެރިކަން ކުރަމުން އަންނަ މައްސަލައަކީ އަލަށް ދިމާވެފައިވާ ކަމެއް ނޫން ކަމަށްވެސް ޕާކިސްތާންގެ މަސްވެރިން ހާމަކޮށްފައިވެއެވެ. މިކަމާއި ބެހޭގޮތުން އަރަބި ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕާކިސްތާންގެ ފެޑެރަލް މިނިސްޓަރ އޮފް މެރިޓައިމް އެފެއަރސް އަލީ ހައިދަރު ޒައިދު ވިދާޅުވީ، ޕާކިސްތާން ސަރުކާރުން ހަދާފައިވާ އައު ޤަވައިދުގެ ދަށުންވެސް ޗައިނާގެ މަސްބޯޓުތަކަށް ދާ އަޅައިގެން މަސްވެރިކަން ކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައިވާނެކަމަށާއި، ނަމަވެސް ކަނޑުގައި ދާއަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ނުދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހަދާފައިވާ އައު ޤަވައިދުގެ ސަބަބުން ޕާކިސްތާންގެ ކަނޑުގެ ސަރަޚައްދު ހުސްވެދާނެކަމަށާއި މިކަމުގެ ސަބަބުން އެތައް މަސްވެރިންގެ ވަޒީފާ ގެއްލިދާނެކަމުގެ ކަންބޮޑުވުން މަސްވެރިން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ ކުންފުނިތަކަށް ޕާކިސްތާނުގެ ކަނޑުގެ ސަރަޚައްދުން މަސްބޭނުމުގެ ހުއްދަ ދިނުމަށް އެޤައުމުން މަޝްވަރާކުރަމުން އަންނަކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން 3 މިލިއަން މީހުންގެ ދިރިއުޅުމަށް އަސަރުކުރާނެކަމަށް ބުނެ ޕާކިސްތާނުގެ ނުފޫޒު ގަދަ މަސްވެރިން ހިމެނޭ ގްރޫޕްތަކުން ދަނީ އަޑުއުފުލަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!