5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫ މީދޫގައި ނާސަރީއެއް ހުޅުވައިފި

އައްޑޫ މީދޫގައި ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ
އައްޑޫ މީދޫގައި ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އައްޑޫ ސިޓީ މީދޫގައި ގާއިމުކުރި ޚާއްޞަ ނާސަރީ ރަސްމީކޮށް ހުޅުވައިފިއެވެ. މި ނާސަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މީދުއަށް ވަޑައިގެން އުޅުއްވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން މީދޫ ކައުންސިލުގެ މެންބަރުންނާއި، އެ ރަށުގެ ދަނޑުވެރިން އަދި އުރީދޫ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށް ނާސަރީ ހެދުމުގެ މާލީ އެހީ ދޫކުރި 10 ރަށުގެ ތެރޭގައި މީދޫ ހިމެނެއެވެ.

ރަސްމިއްޔާތުގައި މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާތިރު ވިދާޅުވީ، މީދޫގައި ދަނޑުވެރިކަމަށް 3.6 ހެކްޓަރުގެ ބިން ޚާއްޞަކޮށްފައިވާ އިރު، އާ އުޞޫލުގެ ދަށުން 130 ދަނޑުވެރިއަކަށް މިހާރު ބިން ޙަވާލުކުރެވިފައިވާ ކަމަށެވެ. އަދި އަންނަ ޑިސެމްބަރުގެ ނިޔަލަށް ދަނޑުވެރިކަން ނުފަށާ ފަރާތްތަކުގެ އަތުން ބިން ނަގައި، އެހެން ފަރާތްތަކަށް ދޫކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ހުޅުވި ނާސަރީގައި އޮފީސް ބަޔަކާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައެއް ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން، މި ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސްއިން މަރާމާތުކުރި "ދަނޑުވެރިންގެ މިސްކިތް" އަލުން ހުޅުވައި، “ގްރޯ ވިތު އުރީދޫ” ގެ ނަމުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ