ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހުޅުމާލޭ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި މަންޒަރު
ހުޅުމާލޭ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން.

ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ތެރެއިން 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ގޭތެރޭގައި ދުމުގެ އަސަރު ބޮޑަށް ހިފާފައިވާތީ، އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންނަށް ވަނީ އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ އެ ފަރާތްތަކަށް ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ