މިދިޔަ ބުދަ ދުވަހު ކިރުވި މަހަށް މަސްވެރިންނަށް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިފްކޯގެ މަސް ބޯޓަކަށް މަސް ކިރަނީ--- ފޮޓޯ: މިފްކޯ
މިފްކޯގެ މަސް ބޯޓަކަށް މަސް ކިރަނީ--- ފޮޓޯ: މިފްކޯ

މި ހިނގާ އޮކްޓޯބަރު މަހުގެ 21 ވީ ބުދަ ދުވަހު މަސްވެރިން ކިރުވި މަހަށް މިއަދު އެކި އުޅަނދުތަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 17 އުޅަނދަކަށް 1,201,285.05 (އެއް މިލިއަން ދެ ލައްކަ އެއްހާސް ދުއިސައްތަ އަށްޑިހަ ފަހެއް) ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 15 ދޯންޏަކަށް ދޫކުރި 1,088,575.05 ރުފިޔާއާއި، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިރުވި 2 ދޯންޏަކަށް ދޫކުރި 112,710.00 ރުފިޔާ ހިމެނެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް މިހާރު ގަވާއިދުން ފައިސާ ހަމަޖައްސައިދެމުން އަންނައިރު، މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މަސް ރައްކާކުރުމާއި ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި މަޝްރޫއުތައް ނިމުމުން ރާއްޖެއިން ބޭރުކުރާ މަހުން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެ، މަސްވެރިންނަށް ލިބޭ މާލީ ނަފާވެސް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ