ނޮވެމްބަރު މަހުން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ: ރައީސް

476358_338e8b04-a_ Large

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފައިސާ ލިބިގަތުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން، އެގޮތަށް ލިބޭ ޑޮލަރު ބޭނުންކޮށްގެން ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ހިދުމަތްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމުގެ މަގު ފަހިވާނެއެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ތަފާތު ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލެވޭނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައި، އިގްތިސާދީ ގޮތުން ފުދުންތެރި އަދި މާލީ ގޮތުން އަމިއްލަ ބާރުވެރިކަން ލިބިގެންވާ ބަޔަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ