މަސްވެރިންގެ ދުވަހުގެ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިންތަކެއް----
މަސްވެރިންތަކެއް----

މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ ބަހުސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިއާރުގެ ދަށުންނެވެ. މި މުބާރާތަކީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކުގެ އިތުރުން ކްލަބް ޖަމިއްޔާތަކާއި، ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކަށްވެސް ފުރުސަތު ހުޅުވާލެވިގެން ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި މައިގަނޑު 3 ބައިވެރިން ތިބެންޖެހެއެވެ. އަދި ބޭނުންނަމަ ރިޒާވް ބައިވެރިންގެ ގޮތުގައި އިތުރު 2 ބައިވެރިން ހިމެނުމުގެ އިހުތިޔާރު ކޮންމެ ޓީމަކަށްވެސް ލިބިގެންވެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖަނަވަރީ މަހާ ހަމައަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

މި މުބާރާތުގެ ނިންމުމުގައި އެންމެ މޮޅު 3 ބައިވެރިންނާއި އެންމެ ކާމިޔާބު 3 ޓީމު ހޮވުމަށް ވަނީ ނިންމާފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ