ބްރެޒިލްގެ ރައީސް ލޫލާއަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ފޮޓޯ: ރައީސް އޮފީސް
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ފޮޓޯ: ރައީސް އޮފީސް

ބްރެޒިލްގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ލޫލާ ޑަ ސިލްވާއަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ. އަދި މި ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުން އެމަނިކުފާނުގެ ގިޔާދަތަށާއި ގައުމީ ޚިދުމަތަށް ކުރާ ވަރުގަދަ އިތުބާރު ދައްކުވައިދޭ ހެއްކެއްކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގައުމުގެ ކުރިއެރުމަށާއި ތަރައްގީއަށް އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅާއި ސާބިތުކަމަށް ތައުރީފު ކުރައްވަމުން، ރައީސް ލޫލާގެ ކުރިއަށް އޮތް ރިޔާސީ ދައުރަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ބްރެޒިލްގެ ރައްޔިތުންނަށް ފާގަތިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެދިވަޑައިގަންނަވާކަމަށްވެސް އެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެކުރިން 2003 އިން 2010 އަށް ބްރެޒިލްގައި ވެރިކަން ކުރެއްވުމަށްފަހު، 2022 ވަނަ އަހަރު އަލުން އިންތިޚާބު ކާމިޔާބު ކުރެއްވި ލޫލާ ޑަ ސިލްވާގެ އައު ރިޔާސީ ދައުރު ފަށްޓަވާނީ 2027 ވަނަ އަހަރުގެ ޖަނަވަރީ 5 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ