މަސްވެރިކަމާއި ގުޅޭ

އައްޑޫސިޓީ ހިތަދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި / ފޮޓޯ: އައްޑޫސިޓީ މަސްވެރިން
އައްޑޫސިޓީ ހިތަދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި / ފޮޓޯ: އައްޑޫސިޓީ މަސްވެރިން

އައްޑޫސިޓީ ހިތަދޫ ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ހިނގައްޖެ

އައްޑޫސިޓީ ހިތަދޫ ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ހިނގައްޖެއެވެ.

މިކަނދުފަތި އަޅާފައިވަނީ އައްޑޫސިޓީ ހިތަދޫ ހުޅަނގު އުތުރުން 13 ނޯޓިކަލް މޭލު ބޭރުންނެވެ. މި ކަނދުފަތީގެ ބޮއި ނަމްބަރަކީ 426 އެވެ. މި ކަނދުފަތި ހަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހުއެވެ. ކަނޑައިގެންދިޔަ ބޮއި އައްޑޫސިޓީއަށް ވަނީ ލައްގާފައެވެ. އައްޑޫސިޓީ ވަށައިގެން ޖުމްލަ 4 ކަނދުފަތި ހަރުކޮށްފައިވެއެވެ.

އައްޑޫސިޓީ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ގޮނޑުދޮށަށް ލައްގާފައި / ފޮޓޯ: އައްޑޫސިޓީ މަސްވެރިން

އައްޑޫސިޓީ ހިތަދޫ ބޭރުގައި އަޅާފައިވާ ކަނދުފަތީގެ އިތުރުން އިތުރު 2 ކަނދުފައްޗެއްވެސް ވަނީ ކަނޑައިގެން ގޮސްފައެވެ. އެއީ ރ.ކަނދޮޅުދޫ ބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފައްޗާއި އދ. މާމިގިލީ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފައްޗެވެ. މިކަނދުފަތިތައް ހަރުކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!