ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިޔުމުގެ ފުރުސަތު އެބައޮތް: މިނިސްޓަރު ސައީދު

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026 ގެ ތެރެއިން
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026 ގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މާލޭގައި ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މަސްވެރިކަމާއި، ދަނޑުވެރިކަން، ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ އަދި ޑިޖިޓަލް މާލީ ހިދުމަތްތައް ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން ފުޅާކުރެވިދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ބާޒާރުތަކަށް ފަސޭހައިން ވަދެވޭނެ މަގުތައް ތަނަވަސްކޮށް، ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަކީ މިވަގުތު ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާއިން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ދިވެހިންނަށް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިގެންދިޔަ މުހިންމު ކަންކަން ކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން، 1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) މަންފާ ހެޔޮގޮތުގައި ހިފުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ފަތުރުވެރިކަމަކީ އިގުތިސާދުގެ މައިގަނޑު ސައިޒު ކަމުގައިވާތީ، ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ވަރުގަދަކޮށް ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާއާ އޮތް ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ސަރުކާރުގައި 2024 ވަނަ އަހަރު ދެ ގައުމުގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އަކަށް މަތިކުރެވިފައިވާކަން ފާހަގަކުރައްވައި، ދެފަރާތަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ފޯރަމްގެ ބައިވެރިންނަށް މިނިސްޓަރު ދައުވަތު އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ