ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 547.8 މިލިއަން ޑޮލަރަށް އަރައިފި: އެމްއެމްއޭ

އެމްއެމްއޭ
އެމްއެމްއޭ

ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 547.8 މިލިއަން ޑޮލަރު ހުރިއިރު، އޭގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރީ 169.8 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވްގެ ތެރެއިން ބޭރުގެ ސެކިއުރިޓީސްގެ ގޮތުގައި 174.2 މިލިއަން ޑޮލަރު ރައްކާކުރެވިފައިވެއެވެ. އަދި ފައިސާއާއި ޑިޕޮސިޓުގެ ގޮތުގައި ހުރި 358.3 މިލިއަން ޑޮލަރުގެ ތެރެއިން ބޭރުގެ މަރުކަޒީ ބޭންކުތަކާއި މާލީ އިދާރާތަކުގައި 52.9 މިލިއަން ޑޮލަރު ހުރިއިރު، ބޭރުގެ އެހެނިހެން ބޭންކުތަކުގައި 305.5 މިލިއަން ޑޮލަރު ރައްކާކުރެވިފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ މާޗު މަހުން ފެށިގެން ރިޒާވްގައި ރަން ރައްކާކުރަން ފެށިފަހުން، ސެޕްޓެމްބަރުގެ ނިޔަލަށް 8.4 މިލިއަން ޑޮލަރުގެ ރަން ރިޒާވްގައި ހުއްޓެވެ.

ދައުލަތުން ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އަދާކުރަންޖެހޭ ކުރު މުއްދަތުގެ ބޭރުގެ މާލީ އިލްތިޒާމުތަކަށް 527 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، ބޭނުންކުރެވޭ ގޮތަށް ހުރި ޖުމްލަ ބޭރު ފައިސާގެ އެސެޓުތަކުން އެ އަދަދު އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ސެޕްޓެމްބަރު ނިޔަލަށް ބާކީ ހުރީ 169.8 މިލިއަން ޑޮލަރެވެ.

މިއަހަރުގެ ބޭރުގެ ދަރަނި ދެއްކުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހުމާއި އިމްޕޯޓު ހަރަދުތައް މައްޗަށް ދިއުމާ ގުޅިގެން ރިޒާވަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށްޓަކައި، ބޭރު ފައިސާއިން ބޮޑެތި އާމްދަނީ ލިބޭ ވިޔަފާރިތަކުން ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުން ފަދަ މާލީ އިސްލާހީ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ