އުފެއްދުންތެރިކަމުގެ މައުރަޒަށް 2 ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

476425_889fecdf-4_ Large

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަށް މިހާތަނަށް 205،000 (ދެ ލައްކަ ފަސް ހާސް) އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މައުރަޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

ވަޒީރު މުޙައްމަދު ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، އެވްރެޖުކޮށް ކޮންމެ ދުވަހަކު 41،000 މީހުން ވަނީ މައުރަޒުގެ އެކި ހަރަކާތްތައް ބަލައިލުމަށް ޒިޔާރަތްކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ އަހަރަކު މި މައުރަޒު އިންތިޒާމުކޮށް، އިތުރަށް ފުރިހަމަކުރަމުން ގެންދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. މިފަހަރުގެ މައުރަޒު ބޭއްވުނީ ވިލުންތެރި އައު ވިސްނުންތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައެވެ.

ސަރުކާރުން މިފަދަ ބޮޑު އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ހޯދައިދިނުމެވެ. އެގޮތުން، 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް މި މައުރަޒުގެ ސަބަބުން ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ