ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު ބޭއްވުނު ދިފާއީ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު ބޭއްވުނު ދިފާއީ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު އޮތް ދޭދޭ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާތިމަތު މިޒްނާ އަލީއެވެ. ކެނެޑާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ ހައިކޮމިޝަންގެ ކައުންސެލަރ ގްވެން ޓެމެލްއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރެވިދާނެ މުހިންމު ދާއިރާތައް ދެނެގަނެ، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. ޚާއްޞަކޮށް ދިފާއީ ދާއިރާއިން އައު ގުޅުންތަކެއް ގާއިމުކުރުމަށް އިސްކަންދެވުނެވެ.

މީގެއިތުރުން، ދިފާއީ ދާއިރާގެ އިތުރުން ޚާރިޖީ އަދި އިޤްތިޞާދީ ދާއިރާއިން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޝައުގުވެރިކަން ހުރިކަން ދެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ދިފާއީ ބައިވެރިވުންތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ