އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، މާލޭ ހ. ރަބީޢީމަންޒިލް ޢަބްދުﷲ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ. މިކަން ފުލުހުންގެ އިދާރާއިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީ ބަޔާނެއް ނެރެފައެވެ.
ފުލުހުންގެ އިދާރާއިން މޫމާލާތް ކުރި ގޮތުގައި، ޝާހިދު ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ 21:59 ހާއިރުއެވެ. އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޝާހިދުގެ މައްޗަށް ކުރެވޭ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާއާ މެދު ފެތުރެމުންދާ ވާހަކަތަކަކީ އަބުރު ކަތިލުމުގެ މަޤްޞަދުގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ތުހުމަތުތައް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާއި، އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.