މަސްވެރިކަމާއި ގުޅޭ

ކޫރު ފާނަ - ފޮޓޯ: ފިޝްއައިޑިއަރ

ކޫރު ފާނަ

ކޫރު ފާނައަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ހާހަލާއި ތިލަތިލައިގައި 70 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭމަހެކެވެ. ދިވެހި ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ގާތްގަޑަކަށް ވަށްކޮށެވެ. އަދި މިދެބައިގެ ތިރީ ކައިރިފަށް ހުންނަނީ ކަށިކޮށް ރާޅުކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 16 ނުވަތަ 17 މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީގައި ހުންނަ އެންމެ ދިގު ހަރުކަށި ބުރަކަށިމަތީގައި ހުންނަ އެންމެ ދިގު މަޑުކަށްޓަށްވުރެ ދިގުވާނެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގައި 17 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ ވަށްކޮށެވެ. މަހުގެ ޢާއްމުކާނާއަކީ ކަކުނިފާޑުގެ ސޫތްޕެވެ. މަދުމަދުން މަހާއި ބޯވަދިލަމަސް ކައިއުޅެއެވެ.

މަހުގެ ކުލައަކީ ފަނޑުމުށިކުލައެވެ. މުޅި ހަށިގަޑުގައި ގަދަ ރަތްކުލައަކަށްދާ ތިކިތަކެއް ހުރެއެވެ. މިތިކިތައް މަހުގެ ފަހަތުކޮޅުގައި ހުންނަނީ އެތިކިތައް ގުޅި ކޫރެއްހެން ދެމިފައެވެ. މަހުގައި ހުރި މިސިފައަށާއި މަހަށް ކިޔާ އިގިރޭސިނަމަށް ބަލާ މިމަހަށް "ކޫރުފާނަ" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Longspine grouper, Streakyspot grouper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!