މަސްވެރިކަމާއި ގުޅޭ

kamana

ގދ. މަޑަވެލީ "ކަމަނަ"

ގދ. މަޑަވެލީ "ކަމަނަ" ދޯންޏަކީ ދޮށީގެ މަސްވެރިކަން ކުރާ މަޝްހޫރު ދޯންޏެކެވެ.

99 ފޫޓުގެ މި ދޯންޏަކީ ރާއްޖޭގެ މަސްދޯންޏެއްގައި ބޭނުންކުރާ ހުރިހާ ޒަމާނީ ވަސީލަތްތައް ފުރިހަމަ ދޯންޏެކެވެ. މިގޮތުން މަސް ފިނިކުރާ "އާރު.އެސް.ޑަބްލިޔު" ސިސްޓަމާއި ދޫނި ރާޑަރުގެ އިތުރުން އިލެކްޓްރޯނިކް ވިންޗް ފަދަ ވަސީލަތްތައް މި ދޯނީގައި ބޭނުންކުރެއެވެ.

ދޯނީގެ އިންޖީނަކީ 672 ހޯސްޕަވަރުގެ އިންޖީނެކެވެ. މި އިންޖީނާއެކު ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 12 މޭލު ބާރުމިނުގައެވެ. މި ދޯނި މަސްވެރިކަމުގައި ޚަރަކާތްތެރިވާތާ ގާތްގަނޑަކަށް 6 އަހަރު ވެއްޖެއެވެ.

މި ދޯނިން 35 މަސްވެރިން މަހަށް ދެއެވެ. މިދޯނި އެއްދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 41 ޓަނުގެ މަހެވެ.

"ކަމަނަ" ދޯނީގެ ކެޔޮޅަކީ ދޯނީގެ "އޮޑިވެރިޔާ" ގދ. މަޑަވެލީ ސައުތު ގޭޓް ޞާދިޤް ހަސަން އެވެ.

 

ގުޅުންހުރި ލިޔުންތައް