މަސްވެރިކަމާއި ގުޅޭ

އިންޑޮނީޝިޔާގެ މަސްވެރިންނަށް ފެނު އާދަޔާ ޚިލާފް މިޔަރު
އިންޑޮނީޝިޔާގެ މަސްވެރިންނަށް ފެނު އާދަޔާ ޚިލާފް މިޔަރު

އިންޑޮނީޝިޔާގެ މަސްވެރިންނަށް އާދަޔާ ޚިލާފް މިޔަރެއް ފެނިއްޖެ

އިންޑޮނީޝިޔާގެ މަސްވެރިންނަށް އާދަޔާ ޚިލާފް ކުޑަ މިޔަރެއް ފެނިއްޖެއެވެ.

އިންޑޮނީޝިޔާގެ މަލުކު ޕްރޮވިންސުގެ މަސްވެރިންނަށް ފެނުނު މި މިޔަރުގެ އާދަޔާ ޚިލާފްކަމަކީ، މި މިޔަރުގައި ހުންނަނީ އެެންމެ ލޮލެކެވެ.

މި މިޔަރު ފެނުނީ، މަސްވެރިން މަސްހިފަން ގެންގުޅުނު ދަލުގައި ޖެހުނު ބޮޑު މިޔަރެއްގެ ބަނޑުން ކަމަށް މަސްވެރިން ބުނެއެވެ. އިންޑޮނީޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރި ގޮތުގައި ދަލުގައި ޖެހުނު ބޮޑު މިޔަރުގެ ބަނޑުގައި 3 މިޔަރު އޮތެވެ. މި 3 މިޔަރުގެ ތެރެއިންވެސް އާދަޔާ ޚިލާފް ގޮތަކަށް އޮތީ، އެންމެ މިޔަރެކެވެ. މިމިޔަރުގެ އާދަޔާ ޚިލާފްކަމަކީ، މޫނުގެ މެދަށް ވާ ގޮތަށް އެއް ލޯ ހުރުމުގެ އިތުރުން އެހެން މިޔަރުތަކާއި ކުލައިގެ ގޮތުންވެސް ތަފާތުވުމެވެ. މި މިޔަރުގެ ކުލައަކީ، ހުދު ކުލައެވެ.

އިންޑޮނީޝިޔާގެ މަސްވެރިންނަށް ފެނު އާދަޔާ ޚިލާފް މިޔަރު.

"މަސްވެރިންގެ ދަލުގައި ޖެހުނު ބޮޑު މިޔަރަކީ، ބަނޑު ބޮޑު މިޔަރެއް. އަދި ދަލުގައި ޖެހިގެން އެ ބޮޑު މިޔަރުވަނީ، މަރުވެފައި. އަލްބީނޯ އާއިލާއަށް ނިސްބަތްވާ މިކުޑަ މިޔަރު ފެނުނީ މަރުވެފައި އޮތް ބޮޑު މިޔަރުގެ ބަނޑު ފަޅާލައި ސާފުކުރަމުން ދަނިކޮށް. މަލުކް ޕްރޮވިންސްގެ މަސްވެރިންނަށް މި މިޔަރު ފެނުނީ." އިންޑޮނީޝިޔާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އިންޑޮނީޝިޔާގެ މަސްވެރިންނަށް ފެނުނު އާދަޔާ ޚިލާފް މިކުޑަ މިޔަރު މިހާރުވަނީ، އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކަށް ޙަވާލުކޮށްފައެވެ. ކަނޑުފަޅުގެ ދިރުންތަކާއިބެހޭ މާހިރުން ބުނަނީ މިގޮތަށް ފެންނަ މިޔަރުތަކަކީ، އުފެދުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވެފައި ހުންނަ އައިބެއް ކަމަށެވެ.

މިއީ، މިފަދަ އާދަޔާ ޚިލާފް މިޔަރެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން 2011 ވަނަ އަހަރުވެސް މަސްވެރިންތަކަކަށް އެއް ލޯ ހުރި މިޔަރެއް ފެނިފައިވެއެވެ. އެފަހަރު ހިފުނު ބޮޑު މިޔަރެއްގެ ބަނޑުން އެއް ލޯ ހުރި މިޔަރެއް ފެނުނީ، ކެލިފޯނިޔާގެ މަސްވެރިން ތަކަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!