ފާއިތުވި ދެތިން ދުވަހު ބޮޑު ކަންނެލީގެ އަގު ބޮޑުކުރުމަށްފަހު، ކުއްލިއަކަށް އަގު ދަށްކުރުމާއިއެކު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިމަހު 18 އިން ފެށިގެން ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއްގެ އަގު 70 ރުފިޔާއަށް ބޮޑުކުރުމަށްފަހު މިއަދުވަނީ 55 ރުފިޔާއަށް އަގު ދަށްކޮށްފައެވެ. މިއީ ކޮންމެ ކަންނެލި ކިލޯއަކުން 15 ރުފިޔާގެ ދަށް ވުމެކެވެ.
އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 60 ރުފިޔާއަށް މަތިކުރުމަށްފަހު މިއަދު ވަނީ، 50 ރުފިޔާއަށް އަގު ދަށްކޮށްފައެވެ.
މިގޮތަށް ކުއްލިއަކަށް މަސް ގަންނަ އަގު ވައްޓަމުންދާތީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެތިން ދުވަސް ކުރިން ކަންނެލި ކިލޯއެއްގެ އަގު 70 ރުފިޔާއަށް އެރުމާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންނެލި މަސްވެރިކަން ގަނގަޅުވިޔަސް އަގު ދަށް ނުކުރުމަށް ކަންނެލި ގަންނަ ކުންފުނިތަކުގެ ކިބައިން އެދިފައެވެ.
ކަނޑު މަޑުވެކިރިޔާ ދުއްވާލެވި، ދެތިން ދޯންޏަކަށް ކަންނެލިކޮޅެއް ބެވޭއިރަށް، ބޮޑުތަނުން އަގުވައްޓާލައިފި! މީ ކޮންކަހަލަ ދެމެހެއްޓެނިވި ކަމެއްތޯ! ދެމެހެއްޓެނިވި މަސްވެރިކަމަކީ މަސްވެރިން އިޤްތިސާދ އަޅުންނަށްވާ، މަސްގަންނަ މަދުބަޔަކު މުއްސަދިވާ ގޮތަށް އޮންނަ ކަމެއްތޯ؟@ZahaWaheed pic.twitter.com/9Eg5dTr5cd
— Bodu Kanneli Masveringe union (@FishermensUnion) October 22, 2020
ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ބުނަނީ، އަގަށް ބަދަލު ގެންނަނީ، ރާއްޖެއިން ބޭރުގައި ކަންނެލި ގަންނަ އަގުތަކަށް ބެލުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ޚަރަދަށް ބެލުމަށްފަހު ކަމަށެވެ.
One Response
ރާއްޖޭގެ މަސްގަންނަ ކުންފުނިތަކުން އެއިރެއްގެ ކަނޑައަޅާ އަގަކައް މަސްކިރުން ނޫން އެހެންގޮތެއް މަސްވެރިންނަކަައް ނޯނާނެއެވެ. ކިތައްމެވަރަކައް ހިތްހަމަނުޖެހުން ފާލުކުރިއަސް މަސްވެރިންނަކައް އިތިރު ގޮތެއްނޯނާނެއެވެ. ކުރިއައް އޮތްތަނުގައި ކުންފުނިތަކުގައި މަހައްދާދޯނި ފަހަރު ރަޖިސްޓްރީވެސް ވާންޖެހޭނެއެވެ.އަދި ކޮންމެވެސް ކުންފުންޏެގެ ދަށުގައި ރަޖިސްޓްރީނުކޮއް އެއްވެސް ދޯއްނަކައް މަސްނުކިރޭތަން އަންނާނެއެވެ. ބާނާމަސްކޮޅު ކިރަންބޭނުމީޔާ މިމަޖްބޫރުކަން އަންނާނެއެވެ.ދެން މިކަމުގެ ތެރެއިން ރުފިޔާކޮޅު 1 ހަފްތާފަހުން ދޭގޮތައް ބަދަލުވާނެއެވެ.ދެން 1މަސް މިގޮތަގޮސް މަސްވެރިންގެ ހުރިހާއުންމީދުތަކެއް ހަލާކުކޮއްލާނެއެވެ. މިގޮތަގޮސް ދެން ކުންފުނިތަކުން ޑިމާންޑުކުރާނީ އެދޯނިފަހަރުގެ އޮޑިވެރިޔާއައް ކުންފުނީގެ ފަރާތުން ދެފަރާތް އެއްބަސްވާ ކުއްޔަކައް ކުންފުނީގެ ދަށުގައި ދުއްވުމަށެވެ.މަސްގަންނަ ކުންފުނިތަކުގެ އަސްލު މަގްސަދަކީ މަސްވެރިން މަހު މުސާރައައް މަހައްދާގޮތައް ހެދުމެވެ.މިކަންތައްތައް މިގޮތައް ދާނެކަމުގެ ހެއްކަކީ؟؟؟ މީގެކުރީގައި ލޯންގްލައިން ބޯޓްތަކެއް ހުރިހާކުންފުނިތްކުން ބޭރުން ގެނަސްގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެވެ. މިސަރުކާރުން އައުމާގުޅިގެން މަސްގަންނަ ކުންފުނިތަކުން ބޮޑެތި އޮޅުވާލުންތަކާ މަކަރުވެރި ރޭވުންތައް ހުރުމުން މަސްގަންނަ ކުންފުނިތަކުގެ ލޭނުއަޅައިގެން ބޮޑުކަނެލީގެ މަސްވެރިކަން ކުރަން ބޭރުން ގެނައި ބޯޓްތަކުގެ ލައިސަންސް ބާތިލް ކުރިއެވެ.އެހާހިސާބުން ރާއްޖޭގެ މަސްވެރިންނައް އަނެއްކާވެސް ރަގަޅުވާންފެއްޓިއެވެ.
ނުނިމޭ
Comments are closed.