އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން "އައި.ޕީ.އެލް.އެފް"އާއި އަރތްވޯރމް ފައުންޑޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ދިރުވާލާ އާލާކުރުމަށް އެއްބުޅިއާއި އެއް ނަނު ބޭނުންކޮށްގެން ކުރެވޭ މަސްވެރިކަން ކުރިއެރުވުމަށް ޚަރަކާތްތައް އިތުރުކުރުމަށްޓަކައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ.
އައި.ޕީ.އެން.އެލް.އެފް އާއި އަރތްވޯރމް ފައުންޑޭޝަން އާއި ދެމެދު ހިއްސާވާ ތަސައްވުރަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަން، މަސްބޭނުމާއި ހަމައިން ބާޒާރަށް ނެރެވެންދެން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ސިނާއަތަކަށް ހެދުންކަމަށް ބުނެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ފްރާންސްގެ މަސް ބާޒާރު މިކަމުގައި އަހުލުވެރިކުރުވައި ޒިންމާދާރު ގޮތެއްގައި ބައިނައްލަޤްވާމީ ކަޅުބިލަމަހުގެ ދިރުންތައް ބެލެހެއްޓުމާއި މަސްދިރުވާ އާލާކުރުމަށް އެއްބާރުލުންދިނުމަށް، ކަނޑާއި އެއްގަމުގައި މަސައްކަތްކުރާ މަސްވެރިންނަށް މަސްވެރިންގެ މައިދާން ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ސަބަބުން ހިތްވަރު ލިބިގެންދާނެކަމަށްވެސް އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދަ ޓޫނާ ޕްރޮޓެކްޝަން އެލައިއެންސް (ޓޫޕާ)ގެ މަސައްކަތްތައް ހަރުދަނާކުރުންވެސް ހިމެނެއެވެ. އައި.ޕީ.އެން.އެލް.އެފްގެ މަސައްކަތްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަމާއި ތިމާވެއްޓާއި ރަށްޓެހި ގޮތަށް ފަހަރަކު މަހެއް ބާނާ މަސްވެރިކަން ކުރުމަށް ބާރުއަޅައެވެ. އައި.ޕީ.އެން.އެލް.އެފްގެ އޮފީސްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިމެނޭއިރު މީގެ ތެރޭގައި ސެއިންޓް ހެލީނާ، ދިވެހިރާއްޖެ، ސައުތު އެފްރިކާ، އިންޑޮނޭޝިއާ، ކެނެޑާ އަދި އެމެރިކާ ހިމެނެއެވެ.
އައި.ޕީ.އެން.އެލް.އެފްއާއި އަރތްވޯމް ފައިންޑޭޝަންއާއ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ދެއަހަރު ދުވަހަށް ދިގުދެމިގެންދާނެ މަސައްކަތްތަކެއް އެކުލަވާލާފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ. މީގެ ސަބަބުން ފްރާންސްގެ ކަޅުބިލަމަހުގެ ބާޒާރަށް ގިނަ ގުނަ ހެޔޮ ބަދަލްތަކެއް އަންނާނެކަމަށް އުއްމީދުކުރވޭކަމަށް އެފަރާތްތަކުން ދެކެއެވެ.