މަސްވެރިކަމާއި ގުޅޭ

އެންދަމަން ޑައިވިންގ ކުރާއިރު ބައްތި ބޭނުންކުރުން

ރޭގަނޑު އެންދަމަން ޑައިވިން ކުރާއިރު، ޑައިވިން ބައްތިއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދޯނީގައި ދިއްލާފައި ހުންނަ އަލިގަދަ "މާކަރީ ލައިޓް" ތަކުގެ އަލި ހުންނަނީ ކަނޑުއަޑީގެ ވެލިގަނޑާ ހަމައަށް ފެތުރިފައެވެ. ޑައިވަރުން އަޑިއަށްގޮސް ދާ ފަތުރަނީ "މާކަރީ ލައިޓް"ގެ އައްޔަށް ދާ މެދުވާގޮތަށެވެ.

އާންމުކޮށް އެން ޖަމާވެފައި ހުންނަނީ ބިމަށް ފެތުރިފައި ހުންނަ އަލީގެ ވަށައިގެންނެވެ. އެހެންކަމުން ދާ ފަތުރާ ނިމުމުން، އެންގަނޑު ހުންނަ ދިމާލެއް ބަލާ ޑައިވަރުން އެންގަނޑު ދަލަށް އެރުވުމަށް މަސައްކަތް ކުރެއެވެ. ޑައިވިންގ ކޮށްގެން އެންދަމާ މަސްވެރިން އާދަވެގެން ފަތިހު 04:30 ހާއިރު ދާ އަޑިއަށް ފައްތައެވެ. އޭގެ ބޭނުމަކީ، ޑައިވަރުން އަޑިއަށް ދާންވާއިރަށް އެންތައް ދަލު ކައިރިއަށް ޖަމާކުރުމެވެ. ބައެއްހަފަރު ދޯނި އޮންނަ ސަރަހައްދުގައި ގަލެއް ނުވަތަ ކުދި މުރަކަތައް ހުންނަނަމަ، އެންޖަމާވެފައި ހުންނަނީ އެ ގަލުގެ ނުވަތަ މުރަކަތަކުގެ ކައިރިއަށެވެ. އާންމުކޮށް ޑައިވަރުން އަޑިއަށްދާނީ ފަތިހު 5 އާއި 5:15 އާ ދެމެދުގެ ވަގުތެއްގައެވެ.

ޑައިވަރުން ދާ ފަތުރާ ނިމުމުން، އެންގަނޑު ހުންނަ ފަރާތެއް ޔަގީން ކުރުމަށްފަހު ޑައިވަރުން ދަލުގެ އެކި ދިމާލަށް ދެއެވެ. މިހުރިހާ މަސައްކަތެއް ކުރާއިރު ޑައިވިނގް ބައްތީގެ ބޭނުމެއް ނުކުރާނެއެވެ.

އެންގަނޑު ދަލަށް އެރުވުމަށް، އެންގަނޑު އެންމެ ގިނައިން ހުންނަ ދިމާލަށް ގޮސް ހުރިހާ ޑައިވަރުން އެއްފަހަރާ ބައްތިން އަލިކުރަން ފަށައެވެ. މިގޮތަށް އަލި ކުރަން ފަށާއިރު އެންމެ މުހިއްމުކަމަކީ އެންގަނޑު ހުންނަ ދިމާލުގެ ދެ ކޮޅުގައި އޮންނަ ޑައިވަރުންގެ ބައްތީގެ އަލި އެއްވުމެއެވެ. 2 ބައްތި އެއްފަހަރާ ދިއްލުމުން ބައްތީގެ އަލި އެއްވާން ވާނެއެވެ. މިގޮތައް ހެދުމުން އެންތައް ބައްތިތަކުގެ އަލިން ސަލާމަތްވުމަށް ދުވެއެވެ. ދަލުގެ ހުރިހާ ފަރާތަކުން ނުވަތަ އެން އެންމެ ގިނައިން ޖަމާވެފައި ހުންނަ ދިމާލުން މިގޮތަށް އަލިކުރަން ފެށުމުން އެންތައް ޖަމާވާނީ ދަލުގެ މަށްޗަށެވެ. ގިނަފަހަރަށް ބައްތީގެ އައްޔަށް އެންގަނޑު މައިތިރިކޮށްގެން އުޅެވެއެވެ.

ޑައިވިންގ ބައްތިތަކުގެ ތެރެއިން އެންމެ ރަގަޅީ ބައްތީގެ އަލި ފެތުރިފައި ނުހުންނަ ބައްތިއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!