Image 2020

ބޮޑުކަންނެލީގެ އަގު އަނެއްކާވެސް ދަށްކޮށްފި! މިފަހަރު ކިލޯއަކުން 5 ރުފިޔާ!

ބޮޑުކަންނެލީގެ އަގު އަނެއްކާވެސް ދަށްކޮށްފިއެވެ.

ބޮޑުކަަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ކަންނެލި ގަންނަ ބޮޑެތި ކުންފުނިތަނުން މިއަދު ކަންނެލި ކިލޯއެއް ގަންނަނީ 50 ރުފިޔާޢަށް ކަމަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާއަށް ދަށް ކޮށްފައިކަމަށެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޮޑުކަންނެލި ގަންނަ މައިގަނޑު ކުންފުނި ތަކުގެތެރޭގައި ހިމެނޭ އެންސިސް، ބިގްފިޝް އަދި ސީއެމްއެފްއިން ކަންނެލި ގަންނަ އަގުތަކެވެ.

މިމަހު 18 އިން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް މި ކުންފުނިތަކުން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއްގެ އަގު 70 ރުފިޔާއަށް ބޮޑުކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހު ވަނީ 55 ރުފިޔާއަށް އަގު ދަށްކޮށްފަ އެވެ. އަދި މިހާރު މިވަނީ 50 ރުފިޔާއަށް ދަށް ކޮށްފައެވެ.

ކަންނެލީގެ އަގަށް އަންނަމުންދާ ބަދަލާމެދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ކަންނެލީގެ މަސްވެރިކަން ރަނގަޅުވާއިރަށް އަގު ވައްޓާލުމަކީ ކަންނެލި ގަންނަ ކުންފުނިތަކުން އާންމުކޮށް ކުރަމުން އަންނަ ކަމެއްކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ.

ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ބުނަނީ، އަގަށް ބަދަލު ގެންނަނީ، ރާއްޖެއިން ބޭރުގައި ކަންނެލި ގަންނަ އަގުތަކަށް ބެލުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ޚަރަދަށް ބެލުމަށްފަހު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Kunfunithakun hadhanee e hama huss dhogu. Raajeyah mi baananee dhuniyege marketge 10 noonee 5 %kanneli. Raajein ginain baanaigeen dhuniyege marketge agu dhakkureveyne ehgothehvess noannaane