އެމެރިކާގެ ކޯސްޓްގާޑުތަކެއް/ ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ކޯސްޓްގާޑުތަކެއް/ ފޮޓޯ: އޭއެފްޕީ

ޤަވައިދާ ޚިލާފަށް ޚަރަކާތްތެރިވާ ޗައިނާގެ މަސްބޯޓުތައް ހުއްޓުވަން އެމެރިކާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

ޤަވައިދާ ޚިލާފަށް ޚަރަކާތްތެރިވާ ޗައިނާގެ މަސްބޯޓުތައް ހުއްޓުވަން އެމެރިކާގެ ކޯސްޓްގާޑު ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަން ހާމަކޮށް އެމެރިކާގެ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ (ޔޫ.އެސް.ސީ.ޖީ) ތަރުޖަމާނު ރޯބޮޓް އޯ ބްރައިން ވިދާޅުވީ، އެމެރިކާގެ ކޯސްޓްގާޑުން އަލަށް އެކުލަވާލި ޤަވާއިދަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. 

ވައިޓްހައުސް އިން ބުނެފައިވަނީ  ޗައިނާގެ މަސް ބޯޓުފަހަރު ޤަވައިދާ ޚިލާފަށާއި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން އިތުރަށް އެހެން ޤައުމުތަކުގެ ކަނޑުތަކުން މަސްބާނަމުން އައުމާއި ގުޅިގެން ކަނޑުގެ ދިރުންތަކަށާއި މަސްވެރި ކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުން ވަމުންދާކަމަށެވެ.
އަލަށް އަމަލުކުރަންފެށި ޤަވާއިދުގެ ދަށުން ޔޫ.އެސް.ސީ.ޖީގެ ފާސްޓް ރެސްޕޮނސް ކަޓަރސް ޓީމުން ކުރާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހުޅަނގު އެމެރިކާގެ ސަރަޚައްދުގެ ބަނދަރުތަކާއި، ފެނުގެ ސަރަޚައްދުތަކާއި، މަސްވެރިކަމުގެ ޚަރަކާތްތައް ބެލުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތުގެ އިތުރުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން ހިމެނެއެވެ.

މި އޮޕަރޭޝަންގައި ޕެޓްރޯލް ކުރަން އެމެރިކާއިން ބޭނުންކުރާނީ ލޫސިއާނާގައި އުފައްދާފައިވާ ފާސްޓް ރެސްޕޮންސް އުޅަނދަކީ 154 ފޫޓު ދިގު އަދި ގަޑިއަކު 28 މޭލު ދުވާ އުޅަނދެއްކަމަށް އެމެރިކާއިން ބުނެއެވެ. މިއުޅަނދުގައި ހަރަކާތްތެރިވާނީ 25 އެމް.އެމްގެ މެޝިން ބަޑި އާއެކުގައި ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

ޗައިނާގެ މަސްވެރިން އަތުލައިގަތުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ޔޫ.އެސް.ސީ.ޖީ އަށް ކަނޑުގެ ބޮޑު ސަރަޚައްދެއް ބަލަހައްޓަން ޖެހޭކަމަށް އެފަރާތުން ބުނެއެވެ.

ޗައިނާގެ މަސްވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ އެންމެ ބޮޑު މަސްވެރިކަމުގެ ސިނާއަތެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!