އުޅަނދުފަހަރު މޮނިޓަރ ކުރާ "ޖީ.ވީ.އެމް.އެސް"ސިސްޓަމް އަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިސާޗް އެންޑް މާކެޓިންގ ޑޮޓް ކޮމް އިން ބުނީ 2019 ވަނަ އަހަރު ގްލޯބަލް ވެސަލް މޮނިޓަރިންގ ސިސްޓަމް "ޖީ.ވީ.އެމް.އެސް" ގެ ވިޔަފާރިއަކީ 688.3 މިލިއަން އެމެރިކާ ޑޮލަރުގެ މާކެޓެއް ކަމުގައެވެ. އަދި މި އަދަދު 2027 ވަނަ އަހަރުވާއިރު 1570 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. މިއީ 2020 ވަނަ އަހަރާއި 2027 ވަނަ އާއި ދެމެދު އަންދާޒުކުރެވޭ އަދަދުގެ 11.3 އިންސައްތަ އިތުރު އަދަދެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
އޭޝިއާ ޕެސިފިކް ސަރަޚައްދުގައި އެއްތަނުން އަނެއްތަނަށް އުފުލޭ އެންމެ ގިނަ ބާވަތްތަކުގެ ތެރޭގައި ކަނޑު މަހުގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ހިމެނެއެވެ. މަހުގެ ބާވަތްތަކުގެ އަދަދު އެއްތަނުން އަނެއްތަނަށް އުފުލުން އިތުރުވާ ނަމަ ވެސަލް މޮނިޓަރިންގެ ބޭނުން ބޮޑުވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރުވެސް ކަމަށާއި ތައިލެންޑުގެ 7000 މަސްވެރިކަމުގެ އުޅަނދުގައި ވީ.އެމް.އެސް ސިސްޓަމް ބޭނުން ކުރެއެވެ.
ވެސަލް މޮނިޓަރިން ބޭނުންކުރުމަށް ބާރުއަޅާ ކަންތައްތަކުގެ ތެރޭގައި ދަތުރު ފަތުރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްތަކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަވުން ފަދަ ކަންތައްތައް ހިމެނެއެވެ.



