މަސްވެރިކަމާއި ގުޅޭ

MIRA

ސ. މަރަދޫ "މިރާ"

އައްޑޫސިޓީ މަރަދޫ "މިރާ" ދޯންޏަކީ ރާއްޖޭގެ މަސްދޯނި ތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ދޯންޏެވެ.

31 މަސްވެރިންނާއެކު މަހައްދާ މި ދޯންޏަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ ދޯންޏެކެވެ. މިގޮތުން 2 އިންޖީނާއި 2 ޖަނަރޭޓަރާއި، 2 ދޫނި ރާޑަރާއި ފެން ފެން ޕްލާންޓް ފަދަ ވަސީލަތްތައް މި ދޯނީގައި ވަނީ ޤާއިމް ކޮށްފައެވެ. މި ދޯންޏަކީ ދުވެލި ބާރު ދޯންޏެވެ. ދޯނީގައި އަޅާފައިވާ 650 ހޯސްޕަވަރުގެ ދެ އިންޖީނުން ގަޑިއަކު 15.5 މޭލު ދުވެއެވެ. އަދި ދޯނި ބަރުކޮށްގެން 14 މޭލު ދުވެއެވެ. ދޯނީގެ ދެ ޖަނަރޭޓަރަކީ 50 ކިލޯވޯޓާއި 30 ކިލޯވޯޓްގެ ދެ ޖަނަރޭޓަރެވެ.

117 ފޫޓު ދިގު މި ދޯނީގައި މަސް ރައްކާކުރެވޭ ޖާގައަކީ 56.4 ޓަނެވެ. މި ދޯނި މަހަށް ދުއްވާތާ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ވެއްޖެއެވެ.

"މިރާ" ދޯނީގެ ކެޔޮޅަކީ ސ.މަރަދޫ ފިޔާތޮށިގޭ އަލީ އައުރާފެވެ.

ގުޅުންހުރި ލިޔުންތައް